Home
ތިނަދޫ ސިޓި ކައުންސިލްގެ

އިސްވެރިންގެ ޒިންމާތަކާއި ވާޖިބުތައް

މޭޔަރ

ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުން

ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން

ކައުންސިލްގެ މަގްޞަދުތައް ހާސިލްކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނެންޝިއަލް ޕްލޭންގެ މަގްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް އިދާރަގެ މަސައްކަތްތައް ބައްޓަންކުރުން

ކައުންސިލްގެ މަޝްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޒުކުރުން

ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން

ކައުންސިލްގެ ޙަރަކާތްތައް ހިންގަމުންދަނީ ކައުންސިލްގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުން

ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން

ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން

ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުން

ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން

ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން

ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން

ޑެޕިއުޓީ މޭޔަރ

ސިޓީ ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ މޭޔަރަށް އެހީތެރިވެދިނުން

ކައުންސިލްގެ މޭޔަރުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރެވެ. މީގެ އިތުރުން، ކައުންސިލްގެ މޭޔަރ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.

ސިޓީ ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން

ކައުންސިލް މެންބަރުން

ކައުންސިލްގެ މެންބަރު ނިސްބަތްވާ ސިޓީގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.

ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން.

ކައުންސިލްގެ މަޤްޞަދުތައް ޙާސިލްކުރުމަށްޓަކައި މަސައްކަތްކުރުން

ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓް އެކުލަވާލުމުގައި އަމާލީގޮތުން ބައިވެރިވުން.

ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން މޭޔަރ ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ސެކްރެޓަރީ ޖެނެރަލް

ކައުންސިލަށް ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއާއި، އެތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދު ހިމަނައިގެން، އެއަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވާލައި، މާލިއްޔަތު ގަވާއިދުގައިވާ ތާރީޚަށް ފިނޭންސް މިނިސްޓްރީއަށް ހުށައެޅުން

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން ކައުންސިލްގެ ކޭޝްފްލޯ ޕްލޭން މިނިސްޓްރީ އޮފް ފިނޭންސް އިން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ރިޕޯޓުކުރުން

ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލްގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ކައުންސިލްގެ އަހަރީ ރިޕޯޓު އޮޑިޓަރ ޖެނެރަލަށް ހުށައެޅުން

ކައުންސިލްގެ ޑިޕާޓްމަންޓްތައް ޚަރަދު ކުޑަކޮށް، ހަރުދަނާކޮށް އަދި ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުމާއި، މިކަމާ ގުޅޭ އިރުޝާދުތައް ޑިޕާޓްމަންޓްތަކަށް ދިނުން

ހުރިހާ މުވައްޒަފުންނަކީ މާލީ، އަދި ހިސާބު ބެލެހެއްޓުމަށް އެކަށޭނަ، އަދި އެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުންތޯ ބަލައި، ތަމްރީނު ދިނުމަކީ މާލީޒިންމާދާރުވެރިންގެ މަސްއޫލިއްޔަތަކަށްވާތީ، މިފަދަ ތަމްރީނުތަކާއެކު، ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތައް ހުރިހާ މުވައްޒަފުންނަށް ހުރިހާ ވަގުތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން

ޑިޕާޓްމަންޓުތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތައް ހުންނަންވާނީ، މި ޤަވާއިދާއި، ސަރުކާރުގެ ސިޔާސަތާއި ހިސާބު ބެލެހެއްޓުމާބެހޭ އާންމު އިރުޝާދުތަކާއި، ފައިނޭންޝަލް ކޮންޓްރޯލަރ ކަނޑައަޅާފައިވާ ހަމަތަކާއި، އުސޫލުތަކާއި، އަދި އެއްވެސް ގާނޫނަކާ ތައާރުޒުނުވާ ގޮތެއްގެމަތިންކަން ކަށަވަރުކުރުން

ޑިޕާޓްމަންޓްތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ލިޔެފައިވާ އިރުޝާދުތަކާއި އެއަށް ގެނެވޭ އިސްލާހުތަކުގެ ކޮޕީ ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހަޅައި ލަފާ ހޯދުން

މާލިއްޔަތު ގަވާއިދުގައި ބަޔާންކުރެވިފައިނުވާ ކަމަކުން، ހިސާބުތަކާއި މާލީރިކޯޑުތަކަށް ބަދަލެއް އަތުވެދާނެކަމަށް ފާހަގަކުރެވިއްޖެނަމަ، ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުމުން

މި ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގައި ދަތިތަކެއްމެދުވެރިވެއްޖެނަމަ، އެކަމެއް ހައްލުކުރުމަށް އެ ތަނަކަށް ފެންނަ ގޮތުގެ ލަފަޔާއެކު ފައިނޭންޝަލް ކޮންޓްރޯލަރަށް ލިޔުމުން ހުށަހެޅުން

އެކައުންޓްސް އޮފިސަރުންގެ މަސްއޫލިއްޔަތަކީ އެކައުންޓްސް އޮފިސަރުން އައްޔަންކުރެވިފައިނުވާ ތަންތަނުގައި، އެކައުންޓްސް އޮފިސަރުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ކުރާނީ އެ އޮފީހެއްގައި އެކަމަށް އައްޔަންކޮށްފައިވާ ފަރާތަކުން ޒިންމާވާގޮތަށްކަން ކަށަވަރުކުރުން

ދައުލަތުގެ އޮފީހަކުން ކުރާ ހަރަދުތަކަށް ހުއްދަދޭ އޮތޮރައިޒިންގ އޮފިސަރުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހުއްދަދެވޭނެ އެންމެމަތީ އަދަދު ކަނޑައަޅައި، ޕޭމަންޓް ވައުޗަރުގައި ހުއްދަދޭ ސޮއި (ސްޕެސިމެން ސިގްނޭޗަރ) ކަށަވަރުކުރުމަށް ފައިނޭންޝަލް ކޮންޓްރޯލަރަށް ހުށަހެޅުން

ދައުލަތުގެ އޮފީހެއްގެ އިސްވެރިޔާ ކުރުމަށް ހަވާލުކުރާ މާލީކަންކަން ކުރުން

އިދާރާ ހިންގުމާ ހަވާލުވެ ހުންނަވާ އިސްވެރިޔާ ބޭނުންފުޅުވާ ނަތީޖާތައް ނެރުމަށް ޓަކައި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރެވޭނޭ އިންތިޒާމު ގާއިމުކޮށް، އެ އިންތިޒާމު ހަރުދަނާކޮށް ހިންގުން

ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ވަޒީފާއާބެހޭ ގާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލެހެއްޓުމުގެ ނިޒާމު އޮފީހުގައި ގާއިމުކޮށް އެކަމާ މުވައްޒަފުން ޒިންމާ ކުރުވައި އެކަންކަން ބެލެހެއްޓުން

ސިވިލް ސަރވިސްގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކި ކުރުމާއި ވަޒީފާ އަދާ ކުރާތަން ބަދަލު ކުރުމާއި މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި އިނާޔަތާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމާއި މުސާރަ ލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ނަމަވެސް މުވައްޒަފެއް ވަޒީފާއަށް ނުކުތުން މަނާ ކުރުމަށް ބޭނުންވާ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން

ކައުންސިލްގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން

ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުސޫލުތައް ތަންފީޒުކުރުން

ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ހިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެ ހިދުމަތްތައް ފޯރުކޮށްދިނުން

ކައުންސިލްގެ މަސައްކަތްތަކާއި ހަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށާއި ކައުންސިލަށް ލަފާދިނުން

ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން

ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޒުކުރުން

ކައުންސިލްގެ މަސައްކަތްތައް ތަރައްގީކޮށް ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލްގެ ހިދުމަތްތަކާއި މަސައްކަތްތައް ތަރައްގީކުރުމަށް ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ލަފާދިނުން

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެމަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން